Saturday 1 May 2010

ޒާކިރް ނައިކްގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާއި އޭގެ ރައްދު

ޒާކިރް ނައިކްގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާއި އޭގެ ރައްދު
ޤާޞިދު

އާއެކޭ ބައެއްގެ ތެރޭގައި މީހަކު މަޝްހޫރުވެ ، އެމަބިމީހުންގެ މެދުގައި އެމީހެއްގެ ޢިއްޒަތާއި ޤަދަރު އުފުލިގެންގޮސް އޭނާ އަކީ އެންމެންގެ ކުރިމަތީގައިމާ މަޤްބޫލު ޝަޚްޞިއްޔަތަކަށް ވެގެން ދަނީނަމަ ، ޙަސަދަވެރިކަމާއި ރުޅިވެރިކަމުގެ ލޯތަކުން އެމީހަކާ ދިމާއަށް ބަލައި ، މީސްތަކުންގެ ހިތްތަކުގައި އެމީހަކަށް އެދީފައިވާ ޤަދަރު ނައްތާލުމަށްޓަކައި ތާއަބަދުމެ މަސައްކަތްކުރާނޭ ބަޔަކު ތިބޭކަމީ ދުނިޔެދައްކާ ޙަޤީޤަތެކެވެ.

މިފަހަށްއައިސް ފެންމަތިވިގޮތަށް އަޑިޔަށްދާން ނޭންގިގެން މިއުޅެނީވެސް ހަމަ މިކަހަލަ ކަމެކެވެ. އާއެކެވެ. އަޅުގަނޑު މިދައްކަނީ މުޅިދުނިޔެއަށް މަޝްހޫރު ދާޢީ ޑރ. ޒާކިރު ނައިކްގެ ވާހަކަ އެވެ. އޭނާއާ ބެހޭގޮތުން ދެކެވޭ ތާކުންތާކު ނުޖެހޭ އޯލަޔޯލަ ވާހަކަތަކެވެ. މިހެންކަމުން ޢިލްމުވެރިއަކާ ބެހޭގޮތުން މިފަދަ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ދެކެވޭ ދަނޑިވަޅެއްގައި ، އަދި މީސްތަކުން މިވާހަކަތަކުގެ އަވައިގައި ޖެހެމުންދާ ދަނޑިވަޅެއްގައި ، އަޅުގަނޑު މިމަސައްކަތް މިފެށީ އޮޅުންއަރާފައިވާ މީހުންގެ އޮޅުންތަކާއި ، ޝައްކުވެފައިވާ މީހުންގެ ޝައްކުތައް ފިލުވައި ، މިކަހަލަ ކަންކަމުގައި ހައިޖާނުއުފައްދާ މީހުންނަށް ، އެބައިމީހުން ޖައްސާނެ ލަނގިރިއެއް ޖައްސަންދެން އަހަރެމެންވެސް މަންމަންވެގެން ނުތިބޭނެކަން އަންގައި ، އިސްލާމް ދީނަނަށް ނަޞްރު ހޯދައިދިނުމުގެ މަތިވެރި މަޤްޞަދުގައެވެ.
ތިރީގައި އަހުރެން ލިޔާހުށީ ޒާކިރު ނައިކު ގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާއި އެއަށްވާ ރައްދެވެ. ކެތްތެރިކަމާއެކު ވިދާޅުވާށެވެ.
1- ތުހުމަތު: ޒާކިރު ނައިކް ބުނެފައި ވެޔޯލައެވެ. : ތިބާ ބޭނުން ކޮންމެ ނަމެއް الله تعالىއަށް ކިއިދާނެއެވެ. އެކަމަކު، އެނަމަކީ ރަނގަޅު، ރީތި ނަމަކަށް ވާންވާނެއެވެ.
ރައްދު: ޒާކިރު ނައިކް ބުނެފައިވަނީ މިޢިބާރާތުން މިގޮތަކަށް ނޫނެވެ. އަދި ކިއެއްތަ، އޭނާ ބުނެފައިވަނީ މިފަދައިންނެވެ. " ތިޔަބައިމީހުންނަށް ﷲ سبحا نه وتعا لى އަށް ތިޔަބައިމީހުން ބޭނުން ނަމެއް ކިޔިދާނެއެވެ. ނަމަވެސް އެނަމަކީ ރީތި ނަމަކަށް ވާންޖެހޭނެއެވެ. އަދި އެނަމެއްބުމުން އެބުނާމީހާގެ ސިކުނޑިއަށް އެއްވެސް އެއްޗެއްގެ ޕިކްޗާ ނުވަތަ ތަސްވީރު އައިސްގެން ނުވާނެއެވެ." އަދިވެސް އޭނާ ބުނެފައިވެއެވެ. " ނަމަވެސް ތިޔަބައިމީހުން ﷲ سبحا نه وتعا لى އަށް ކިޔާނަމާކީ ޔުނީކު ، އެކަލާނގެއަށް ޚާއްޞް ނަމަކަށް ވާންޖެހޭނެއެވެ. އެ ނަން ނިސްބަތް ކުރެވެންޖެހޭނީ ހަމައެކަނި އެކަލާނގެއަށެވެ. އަދި އެނަމަކީ އެނަން ، އެކިގޮތް ގޮތަށް ކިޔުމުގެ ސަބަބުން ނަމުގެ މާނައަށް ބަދަލު އަންނަ ފަދަ ނަމަކަށް ވެގެން ނުވާނެއެވެ. އަދި އެނަމަކީ މަތިވެރި ނަމަކަށް ވާންވާނެއެވެ." މިގޮތުން މިސާލެއްގެ ގޮތުން އޭނާ ގެނެސްފައިވާ ނަންތަކަކީ ' الخا لق ' ، ' الر حمان ' ، ' الر حيم ' މިއެވެ. އަދިވެސް ބުނެފައިވެއެވެ. " އަދި އެ ސިފައަކީ ނުވަތަ އެނަމަކީ ﷲ سبحا نه وتعا لى އަށް ޚާއްޞަ ނަމަކަށް ވުމުގެ އިތުރުން ، އެނަމަކީ ﷲ سبحا نه وتعا لى އަށް ނިސްބަތް ނުވާ ސިފައެއް އެނަމެއްގައި އެކުލެވިގެންވާ ނަމަކަށް ވެގެން ނުވާ ނެއެވެ. މިސާލަކަށް ، މީހަކު ބުނެފިނަމަ " ﷲ سبحا نه وتعا لى އަކީ الخا لق (އެންމެހައި ތަކެތި ޚަލްޤުކުރެއްވި ފަރާތް) އެވެ. އަދި އެކަލާނގެއަށް އިންސާނުން ހުންނަކަހަލަ ހަށިގަނޑެއް މިލްކުވެވޮޑިގެން ވެއެވެ. އަހަރެމެން ހުންނަކަހަލަ ބޮލަކާއި ، ނޭފަތަކާއި ، ދެއަތް މިލްކުވެވޮޑިގެން ވެއެވެ." މިފަދައިން މީހަކު ބުނެފިނަމަ ، އޭނަ ފުރަތަމަ އެނިސްބަތް ކުރި ސިފަ ' الخا لق ' ، މިއީ ރަނގަޅު ސިފައެކެވެ. ނަމަވެސް އޭނާ ފަހުން ، ﷲ އަށް އިންސާނުން ނަށް ލިބިފައިވާކަހަލަ ހަށިގަނޑެއް މިލްކުވެ ވޮޑިގެންވާކަމަށް ބުނިބުނުމަކީ އެއްގޮތަކަށްވެސް ރަނގަޅު ސިފައެއް ނޫނެވެ. (އެހެނީ އެއީ އެހެން މަޚްލޫޤަކަށް ނިސްބަތްވާ ސިފައަކަށްވާތީ އެވެ.) އެހެންކަމުން ﷲ އަށް ނިސްބަތްކުރާ ސިފަ އަކީ އެއިލާހަށް ޚާއްޞަ ސިފައަކަށް ވުމުގެ އިތުރުން ، އެއިލާހާ އެކަށީގެން ނުވާ ސިފަތަކުން ސަލާމަތް ވެފައިވާ ސިފައަކަށް އެސިފަ ވާންވާނެއެވެ." އަދިވެސް އޭނާ ބުނެފައި ވެއެވެ. " އަދި ﷲ އަށް ނިސްބަތްކުރާ ސިފަ ވާންވާނި ހަމައެކަނި އެންމެ ފަރާތަކަށް ނިސްބަތް ކުރެވޭސިފައަކަށެވެ. އެހެނީ " ' الخا لق ' އަކީ ކަލާންގެއެކޭ އަދި ' الر حمان ' އަކީ އެހެންކަލާންގެއެކޭ" ، މިފަދައަކުން ނުބުނެވޭނެއެވެ." (1)
ދަންނާށެވެ. މިއީ ޒާކިރް ނައިކް ގެބަސްތަކެވެ. ޒާކިރު ނައިކް އެބުނާ ޝަރުތުތަކަށް ފެތޭ ނަންތަކާއި ސިފަތައް ޤުރުއާނަޢި ސުންންތުން ފަޔަވައި ހޯދުމަކީ އެއްގޮތަކަށްވެސް ކުރެވޭނެ ކަމެއްނޫނެވެ. އެހެންކަމުން އޭނާ ނުސީދާކޮށް އެބުނަނީ އެހެންނެވެ. އޭނާގެ ބޮލުގައި ތުހުމަތު އަޅުވާ މީހުން އެއަޅުވަނީ ކަނޑައެޅިގެން ދޮގު ތުހުމަތެކެވެ.
2- ތުހުމަތު : ޒާކިރު ނައިކް ބުނެފައިވެޔޯލައެވެ.: ހިންދޫ ދީނުގައި އަޅުކަންކުރާ ތަކެތީގެ ނަމުން الله تعالىއަށް ނަންދެވިދާނެއެވެ.
ރައްދު: ފުރަތަމަ މިވާހަކަ އަޑުއަހާފައި އަހުރެންގެ ދެލޯ ނިއްކުރުއަށް އަރައި ، ވަށް ބޯޅައެއްހެން ބޮޑުވެގެންދިޔައެވެ. ނަމަވެސް ކަމުގެ ޙަޤިޤަތް ބަލާލުމުން މިއީ ހައްތަހާވެސް ތަޅާފައި ހުރިއަނގަކަން އެނގިގެން ދިޔައެވެ. الحمد لله .
ޒާކިރް ނައިކް ބުނެފައިވަނީ މިފަދައިންނެވެ. " 'ރިގްވެއިދު' (މިއީ ހިންދޫ ދީނުގެ ފޮތެއް) ގައިވެސް އޯލް މައިޓީ ގޯޑް އަށް ބައެއް ސިފަފުޅުތައް ދީފައި ވެއެވެ. އޭގެތެރެއިން އެއްސިފަފުޅަކީ ރިގްވެއިދު ގެ ބުކް ނަންބަރު 2 ހިމް ނަންބަރު 1 ވާސް ނަންބަރު 3 ގައި ދީފައިވާ ސިފަ ފުޅެވެ. އޭގައި ދީފައިވާ ސިފަފިޅަކީ ' ބްރަހަންމާ' މިއެވެ. ބްރަހަންމާ ގެ މާނައަކީ ކްރިއޭޓަރ (އެންމެހައި ތަކެތި ހެއްދެވިފަރާތް) އެވެ. މިބަސް ޢަރަބިބަހަށް ތަރުޖަމާ ކޮށްފިނަމަ މީގެމާނައަކީ ' الخا لق ' އެވެ. މިހެންކަމުން ، މީހަކު ﷲ އަށް 'ކްރިއޭޓަރ' ނުވަތަ ' الخا لق ' ނުވަތަ 'ބްރަހަންމާ' އޭ ކިޔުމަކީ މައްސަލައެއްނޫނެވެ. ނަމަވެސް މީހަކު ބުނާނަމަ ' ބްރަހަންމާ އަކީ ﷲ އޭ ، އަދި އެއިލާހްގެ ހަތަރުބޯ ވެއެވެ. އަދި ކޮންމެ ބޮލެއްގައި ތާޖެއްވެއެވެ. އަދި އެއިލާހުގެ ހަތަރު އަތް ވެއެވެ.' މިފަދައިން މީހަކު ބުނަނީ ނަމަ އަހަރެމެން މުސްލިމުން މިބަހާއި، ބޮޑުވެގެންވާ އިންކާރުކުރުމަކުން އިންކާރުކުރަމެވެ. " އަދިވެސް އޭނާ ބުނެފައިވެއެވެ. " ރިގްވެއިދު ގައި އޯލް މައިޓީ ގޯޑް އަށް ދީފައިވާ އަނެއް ނަންފުޅަކީ ، ރިގްވެއިދު ގެ ބުކް ނަންބަރު 2 ހިމް ނަންބަރު 1 ވާސް ނަންބަރު 3 ގައި ދީފައިވާ ސިފަ ފުޅެވެ. އޭގައި ދީފައިވާ ސިފަފުޅަކީ 'ވިޝްނޫ' އެވެ. އޭގެ މާނައަކީ ދަ ސަސްޓެއިނާ (ހައްދަވާ ގެންގުޅުއްވާފަރާތް) އެވެ. މިބަސް ޢަރަބިބަހަށް ތަރުޖަމާ ކޮށްފިނަމަ ، އޭގެ މާނައަކީ ربّ އެވެ. މިހެންކަމުން މީހަކު އޯލްމައިޓީ ގޯޑް އަށް ނިސްބަތްކޮސް ހައްދަވާ ގެންގުޅުއްވާފަރާތޭ ނުވަތަ ربّ އޭ ނުވަތަ ވިޝްނޫ އޭ މުނުބަކުން އަހަރެމެން މުސްލިމުންގެ މައްސަލައެއް ނެތެވެ. ނަމަވެސް މީހަކު ބުނަނީ ނަމަ ވިޝްނޫ އަކީ އަލްމައިޓީ ގޯޑް އޭ ، އަދި އެއިލާހަށް ހަތަރު އަތް ލިބިގެން ވެއެވެ. އަދި އެއިލާހްގެ ކަނާއަތެއްގައި ' ޗަކްރާ' ވެއެވެ. އަދި އެ އިލާހްގެ ވާތެއްގައި ' ކޯންޗް ' ވެއެވެ. .... މިފަދަ ބުނުންތަކުން ބުނަނީ ކަމަށް ވަނީ ނަމަ އަހަރެމެން މުސްލިމުން މިކަމަށް ބޮޑުވެގެންވާ އިންކާރުކުރުމަކުން އިންކާރުކުރަމެވެ." މިފަދައިން ނެވެ. މިއާމެދު ވިސްނާލިމުން އެނގިގެންދާނީ ، މިއީ އަހަރެމެން ދިވެހިން މާތް ރަސްކަލާނގެ ނުވަތަ ކަލާނގެ ކިޔާފަދައިން އެބައިމީހުންގެ ބަހުން ބޭނުން ކުރެވޭ ލަފުޒުތައް ކެއްކަމެވެ. މިހެންކަމުން މީގައި މައްސަލައަކީ ފަހެ ކޮބައި ހެއްޔެވެ؟.
(1)
3- ތުހުމަތު : ޒާކިރު ނައިކް ބުނެފައިވެޔޯލައެވެ.: ތުނބުޅި ދިގުކުރުމަކީ ފަރްޟެއް ނޫނެވެ. އެއީ؛ ސުންނަތެކެވެ.
ރައްދު : މިއީ ކަނޑައެޅިގެން ބުހުތާނު ދޮގެކެވެ. އެހެނީ ޒާކިރު ނައިކް ވަނީ ، رسول الله صلي الله عليه وسلم ގެ ޙަދީޘް ، އެޙަދީޘް ނަންބަރާއެކު ގެނެސް ، ތުނބުޅި ބެހެއްޓުމަކީ ފަރުޟެއްކަމަށް ބުނެފައެވެ. އަދި ތުނބުޅި ބެހެއްޓުމަކީ އެކަލޭގެފާނު އަމުރުކުރައްވާފައިވާކަމެއް ކަމަށށްވެސް ބުނެފައިވެއެވެ. އަދިވެސް ބުނެފައިވެއެވެ. "ތުނބުޅި ބެހެއްޓުމުގެ ސަބަބުން އަހަންނައަކީ ޓެރަރިސްޓެއްކަމުގައި ސިފަކުރި ނަމަވެސް އަހަރެން ތުނބުޅި ބަހައްޓާނަމެވެ. ތުނބުޅި ހަޑިކޮށް ފެޅި ނަމަވެސް، ނުވަތަ އެއްފަޅި ފެޅިނަމަވެސް އެއިސްތަށިކޮޅު ދިގުކުރުންވެސް ﷲގެ ހަޝްރަތުގައި ލޮބުވެތިކަން ބޮޑެވެ."
(2)
4- ތުހުމަތު : ޒާކިރު ނައިކް ބުނެފައިވެޔޯލައެވެ.: الله تعالىގެ ބަސްފުޅުތަކުގެ ތެދުކަން ހާމަވާނީ ޓެކްނޮލޮޖީގެ އަލީގައެވެ.
ރައްދު : ޒާކިރް ނައިކް ބުނެފައިވަނީ މިފަދައަކުން ނޫނެވެ. އެހެނެއްކަމަކު އޭނާ ބުނެފައިވަނީ " އަހަރެން މިއުޅެނީ ޓެކްނޮލޮޖީ އާއި ސައިންސް ބޭނުންކޮށްގެން ޤްރުއާނަކީ އެއީ ޙައްޤު އެއްޗެއްކަން ކަލޭމެންނަށް އަންގައިދިނުމަކަށް ނޫނެވެ. ފަހަރެއްގައިވެސް އެހެން ހީނުކުރާށެވެ. އެހެނީ އަހަރެމެންގެ ގާތުގައި ސައިންސާއި ހުރިހާ އެއްޗަކަށްވުރެވެސް މަތިވެރީ ޤުރުއާނެވެ. ނަމަވެސް އެތީސްޓުންނާއި އަދި އެހެނިހެން ދީން ތަކުގެ މީހުން ގާތުގައި އެބައިމީހުން އެންމެ އިތުބާރުކުރާ އެއްޗަކީ ސައިންސް ކަމަށް ވުމާއެކު ، އަހަރެން މިއުޅެނީ ސައިންސާއި ޤުރުއާން އަޅާކިޔައިގެން ސައިންސަށް ވުރެ ޤުރުއާން މާ މަތިވެރިކަން އެބައިމީހުންނަށް އަންގައިދޭށެވެ. އަހަރެން އެބައިމީހުން ކައިރީ މިބުނަނީއެވެ. "ކަލޭމުން ތިޔަޤަބޫލުކުރާ ސައިންސް އެހަކައްދުވަހު ހޯދި ހޯދުން ޤުރުއާނުގައި މާކުރިންސުރެ ބަޔާވެފައިވެއެވެ. މިހެންކަމުން އެންމެ މަތިވެރީ ޤުރުއާނެވެ. ވީމާ ކަލޭމެން ތަބަޢަވާންޖެހޭނީ ޤުރުއާނަށެވެ.""
(3)
5- ތުހުމަތު : ޒާކިރު ނައިކް ބުނެފައިވެޔޯލައެވެ.: الله تعالىއަށް ހަށިގަނޑެއް ނުވެއެވެ.
ރައްދު : މިއީ ޒާކިރު ނައިކް ބުނެފައިވާ ޖުމުލައެކެވެ. ނަމަވެސް މިއީ އޭނަގެ ބަހެއްނޫނެވެ. އޭނަ ބުނެފައިވަނީ މިފަދައިންނެވެ. " ޔަޖްރުވެއިދް ގެ ޗެޕްޓާ ނަންބަރ 40 އަދި ވާސް ނަންބަރ 8 ގައި ވެއެވެ. " ' ގޯޑް އިޒް ބޮޑީ ލެސް ' މާނައަކީ ، ކަލާނގެ އަކަށް ހަށިގަނޑެއް ނުވެއެވެ."
ވީމާ މިއީ ޒާކިރު ނައިކަށް ނިސްބަތް ކުރެވޭނޭ ބަހެއް ނޫނެވެ. ނަމަވެސް މިއީ އެފޮތުގައި ލިޔެފައިވާ ގޮތެވެ. (1)
6- ތުހުމަތު : ޒާކިރު ނައިކް ބުނެފައިވެޔޯލައެވެ.: ހިންދޫ ދީނުގެ މީހުންނަށް، ކާފަރުންނަށް ދަޢްވަތު ދިނުމުގައި، "މަގޭ ޢިއްޒަތްތެރި އަޚާ!" ނުވަތަ "މަގޭ އެކުވެރި ހިންދޫ ރަޙްމަތްތެރިޔާ!"، މިހެން ބުނެ، މުޚާޠަބުކުރާށެވެ.
ރައްދު : ޒާކިރު ނައިކް ބުނެފައިވަނީ މިފަދައިންނެވެ. " (އެމީހުންނަށް ނަސޭހަތް ދިނުމައްޓަކައި) އެހެންވިއްޔާ ބުނާށެވެ. ' އޭ އަހަރެންގެ ޑިއާ ބްރަދާ އެވެ. އަހަރެންގެ ހިންދޫ ފްރެންޑެވެ.' " މިއެވެ. ޙަޤީޤަތުގައި މިތުހުމަތުން އެނގެނީ ، މިތުހުމަތު ކޮށްފައިވާ މީހާއަށް އިނގިރޭސިބަހުގެ ޢިލްމު ލިބިފައިވާ މިންވަރު މަދުކަމެވެ. އިނގިރޭސިބަހުގައި ، ބްރަދާ ނުވަތަ ސިސްޓާ ނުވަތަ ފަދަރ ، މިހެން ބުނުބުން އެމީހުންނަކީ އާއިލި ގޮތުން ނުވަތަ ދީނުގެ ގޮތުން ތިމާއާ ގުޅުންހުރިމީހަކަށް ވުން ލާޒިމެއްނޫނެވެ. މިސާލަކަށް ، ކްރިސްޓިއަނުން އެބައިމީހުންގެ ފާދިރީންނަށް ފަދަރ އޭ ކިޔައެވެ. އަދި ބައެއްމީހުން ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ ނަރުހުންނާ ދިމާލަށް ސިސްޓާ އޭ ކިޔައެވެ. މިހެން ބުޚާތަބުކުރަނީ އެމީހުންނަކީ ތިމާއާއި ދީނީގޮތުން ނުވަތަ އާއިލީ ގޮތުން ގުޅިފައިވާބަޔަކަށްވާތީކީ ނޫނެވެ.
އަދިވެސް ބުނަމެވެ. ކީރިތިޤުރުއާނުގަ އާއި رسول الله صلي الله عليه وسلم ގެ ޙަދީޘްބަސް ފުޅުތަކުގައި އައިސްފައިވާ ލަފްޒަކީ ' أخ ' މިލަފްޒެވެ. މީގެމާނައަކީ ދީނުގެގޮތުން އަޚުން ނެވެ. އެހެންވެއްޖެ ކަމަށްވަނީނަމަ މީގެ އިނގިރޭސި ތަރުޖަމާއަކީ ' މައި ބްރަދާ އިން އިސްލާމް ' އެވެ. ... މިވަރުން ފުދޭނެ ކަމަށް ހީކުރަމެވެ. (4)
7- ތުހުމަތު : ޒާކިރު ނައިކް ބުނެފައިވެޔޯލައެވެ.: ފަތުވާއަކީ ރައުޔު ހާމަކުރުމެވެ. މިގޮތުން ކޮންމެ މީހަކަށްވެސް ފަތުވާދެވިދާނެއެވެ.

ރައްދު : މިފަދަ ތުހުމަތުތައްކަށް އިނގިރޭސި ބަހުން ކިޔަނީ މިސްކޯޓް ކުރުމެވެ. އެހެނީ ޒާކިރް ނައިކް ސާފްބަހުން ބުނެފައިއެވަނީއެވެ. "ފަތުވާގެ (ލަފްޒި) މާނައަކީ އޮޕީނިއަން ނުވަތަ ރައުޔެވެ. އެގޮތުން ކޮންމެ މީހަކަށްވެސް އެމީހެއްގެ ރައުޔު ހާމަކުރެވިދާނެއެވެ." އަދި އޭނާ ބުނެފައި ވެއެވެ. " އަހަންނަކަށް އިސްލާމް ދީނުގެ ކަންކަމުގައި ފަތުވާއެއްނުދެވޭނެއެވެ. އެހެނީ އަހަންނަކީ އެފަދަ ޢިލްމެއް ލިބިގެންވާ މީހެއްނޫނެވެ. ނަމަވެސް އަހަންނަށް އަހަރެންގެ ޚިޔާލު ފާޅުކުރެވިދާނެއެވެ. ނަމަވެސް އެއީ ޢިލްމުވެރިއެއްގެ ޚައިސިއްޔަތަކުންނެއް ނޫނެވެ." އަދިވެސް އޭނާ ބުނެފައިވެއެވެ. " އަދި ތިޔަބައިމީހުން (ދީނީ ގޮތުން ) ފަތުވާއެއް ހޯދަން ވެއްޖެނަމަ ދާންޖެހޭނީ ފިޤްހުވެރި (އެކަމަށްއެކަށީގެންވާ) ޢިލްވެރިއެއް ގާތަށެވެ." (5)
ދެންފަހެ މިއީ ޒާކިރް ނައިކްގެ މައްޗަށް ކުރެވިފައިވާ ބައެއް ތުހުމަތުތަކާއި އޭގެ ރައްދެވެ. އަޅުގަނޑުގެ މިލިޔުން ފަރުވާތެރިކަމާއެކު ، ޙައްޤު ހޯދުމުގެ ނިޔަތުގައި ، ތިމީގެ ސިކުނޑި ހުޅުވައިލައިގެން ހުރެ ކިޔައިފިކޮންމެ މީހަކަށްމެ އެނގިގެންދާނީ މިތުހުމަތުތަކަކީ ތާކުންތާކު ނުޖެހޭ ، ހަމަ އެކަނި މީހެއްގެ ބޮލުގައި އިލްޒާމްތަކެއް އަޅުވައި އޭނާ ފަޟީޙަތް ކުރުމައްޓަކައި ކޮށްފައިވާ ތުހުމަތުތަކެއްކަމެވެ.
އެހެންކަމުން ، ދީނީ ޢިލްމުވެރިންނަށް ދޫ އޮޅިގެންނާއި އަނގައޮޅިގެން ނުވަތަ އިންސާނަކަށްވީތީ ކުއްކުރެވޭފަދައިން ، ކުރެވޭ ކުއްތައް ހޯދައި ، އެބޭފުޅުންގެ ވަށައިގެން މުގޯލި އަޅަމުން ، ކުކުޅު ފަހަތުން ފިޔޮއްތައް ދުވާހެން ، އެބޭފުޅުންގެ ފަހަތުން ،އެބޭފުޅުންގެ އުނި ސިފަތައް ހޯދުމަށްޓަކައި ރެޔާދުވާލުމެ ދުވެދުވެތިބޭ އަޅުގަނޑުމެންގެ އަޚުންނަށް އަޅުގަނޑު ބުނެލަން ބޭނުންވަނީ ﷲ އަށް ބިރުވެތިވެ ވަޑައިގެން ، ތިޔަ ވިޔާނުދާ ޢަމަލު މުޅިން ހުއްޓާލެއްވުމަށެވެ.
އަދި ލޮބުވެތި ކިޔުންތެރީންނަށް ބުނެލާހިތް އޮތީ ، ތާކު މީހަކު އެއްޗެއް ހަމަ ލިޔެލާ އިރަށް ، ތެދެއް ދޮގެއް ބަލައިލުމެއްނެތި އެވާހަކައެއް ޤަބޫލު ނުކުރުމަށެވެ. އެހެނީ ، އޭތީގެ ނަގޫ ބުރިވެފައިވާތީ ، އެހެން އެއްޗެހީންނަށް ނަގޫ ބުރިކުރުމަކީ ރީތިކަމެކޭ ، ކަލޭމެންވެސް ނަގޫތައް ބުރިކުރާށޭ ބުނި ހިޔަޅު ފަދަ މީހުންނާއި ، ތިމާމެން އެކޮޅުކޮޅުން ތިބެގެންމެ ، ބަލަމީސްތަކުންނޭ ކަލޭމެން ތިޔަ ތިބީ އެކޮޅުކޮޅުންނޭ ، އެކޮޅުކޮޅުން ތިބޭކަށް ނުވާނޭ ، ނިކަން މައިކަށި މައްޗަށް ތެދުވެ ސީދަލަށްތިބޭށޭ ބުނާމީހުންނަކީވެސް މި ދިވެހި މިޖުތަމަޤުގައި މަދުބައެއްނޫނެވެ.

1- ކޮންސެޕްޓް އޮފް ގޯޑް އިން މޭޖަރ ރިލިގަޖަން.
2- އިފްދަލޭބަލް ޝޯސް ޔުއަރ އިންޓެންޓް ވިއަރ އިޓް (މިލެކް ޗާރ ގެ ސުވާލާއި ޖަވާބް ސެޝަން)
3- ޤްރުއާން އެންޑް ބައިބަލް އިން ދަ ލައިޓް އޮފް ސައިންސް (މިލެކް ޗާރ ގެ ސުވާލާއި ޖަވާބް ސެޝަން)
4- ޕްރޮފެޓް މުޙައްމަދު އިން ވޯރލްޑްސް ވޭރިއަސް ރިލިޖިއަސް ސްކްރިޕްޗަރސް (މިލެކް ޗާރ ގެ ސުވާލާއި ޖަވާބް ސެޝަން)
5- ޕްރެސް ޑިބޭޓް : އިޒް ރިލިޖިއަސް ފަންޑަމެންޓަލިޒަމް އަ ސްޓަމްބްލިން ބްލޮކް އިން ދަ ފްރީޑަމް އޮފް އެކްސްޕްރެޝަން. (މިލެކް ޗާރ ގެ ސުވާލާއި ޖަވާބް ސެޝަން)

Thursday 29 April 2010

My Ideal Wife


The woman who can be my wife will be the luckiest woman in the world………

She would be extremely beautiful, lovely caring, and extremely SHY too

She would cover herself, wear loose clothing over her body

Her beauty, her attractiveness, and her charms she will show only to me

She would want my company more than her friends

She wouldn’t leave her parents not for those trends

Her happiness would be my happiness

She will be with me no matter what happens

She would be the person who understands me most

She would never talk to member of opposite sex, unless it’s important

Nor would she smile at them, laugh with them or have fun

She would never talk back to me nor yell at me

She would be enormously religious, doing her prayers daily

She would also help me in everything that we encounter

That is a woman I can be proud of

A woman I can live with, dream of having, grow old with

Together we would cross the hardships of life

For I believe she is the cure to all my problems

The one who’d help me to be with the nobles

Today I pray to god, bless me with a person like her

Make my life less complicated, to honor you and your religion

And give me the highest rankings of paradise with her

Together we are, will be, will always be forever……….

By: Al Asad