Wednesday 3 March 2010

ގޭ" މީހުންނަށް ބުނަމޭ އަނާ

"ގޭ" މީހުނަށް ބުނަމޭ އަނާ
ޤާސިދު


ފިރިހެނަކު ފުރަތަމަ ހައްދަވާ، ދެންއޭގެ ފަހުގައި އަންހެނެއް
             ދިރިތިބިމިއެންމެން އަސްލަކަށް، ލެއްވެވި އިލާހަށްތާ ޘަނާ
ޤުދުރަތުގެ ޤާނޫނީ މިއީ، ކަމުގައި ހަޖަމުނުވެ ހިތްތަކަށް
             އުޑުދަށުކުރާ މިނުބައިކަމަށް، ހައިރާވެފައި މިހުރީ އަނާ

ހުއްރިއްޔަތޭ ބުނެ ފުއްޕަމުން، މިނިވަންކަމޭ ބުނެ އިއްވަމުން
             ކުއްތާތަކެއްފަދައިން މިކަން، ތިއްބާކުރަނަ ވާނަމަ ހަނާ
ނޭނގޭހެ ވީގޮތް މީހުނަށް، ފިރިހެންކުޅީގެއެ އުންމަތަށް
             'ގޭތަށް' އެކީ މުޅިރަށް ނަގާ،ބަންޑުންވެގެންނޭ ވީ ފަނާ  

ނޫޅޭށެ ތިޔަކަން ގިނަކުރަން، ދީބުގަ ދިވެހި މުޑުވައްކުރަން
              މިއުޅޭ ޒުވާނުން ހައްލުވަން، ގަނޑުވަރު ޚިޔާލީކޮށް ބިނާ
ފިތުރަތުގަ ވާގޮތް ބަދަލުކޮށް، ފިކުރަށް މިބައިގަނޑު އިތުރުކޮށް
              ފިކުރާކުޅެން މިއުޅޭ އުޅުން، އިތުރަށް މަގޭ ކުރަމޭ މަނާ
ދެއްވާފަވާ ނިޢުމަތްތަކާ، އެއްވެފަތިވާ ގުނަވަންތަކާ
              ދެންވާ އެކީ ނެތިދާނެޔޭ، ތައުބާވުމަށް ބުނަމޭ އަނާ