Tuesday 6 April 2010

ދިވެހި މުޖުތަމަޢުގައި ހިނގާ ކަންތައްތައްގެ ޚަބަރު އެންމެ ޞައްޙަ ގޮތުގައި އަޑުއެއްސެވުމަށް 'އަނެއްފިކުރު'. ރޭޑިޔޯ އެޓޯލް އިން.

ދިވެހި މުޖުތަމަޢުގައި ހިނގާ ކަންތައްތައްގެ ޚަބަރު އެންމެ ޞައްޙަ ގޮތުގައި އަޑުއެއްސެވުމަށް 'އަނެއްފިކުރު'. ރޭޑިޔޯ އެޓޯލް އިން.





މިޕްރޮގުރާމަކީ އެޓޯލް ރޭޑިޔޯއާއި ރާއްޖެއިން ބޭރުގައި ތަޢުލީމު ޙާޞިލު ކުރަމުންދާ ދިވެހި ކިޔަވާ ކުދިންކޮޅަކާއި ގުޅިގެން ހިންގާ ޕްރޮގުރާމެކެވެ. މިޕްރޮގުރާމުގައި އެއިރެއްގައި ދިވެހި މުޖުތަމަޢުގައި އެންމެ ބޮޑަށް ވައިގައި ހިފާފައިވާ، މައްސަލައަކާއި ބެހޭގޮތުން މިކުދިންގެ ހިތުގެ ޝުޢޫރު ފާޅުކޮށް، އެމައްސަލައަށް ދީނީ ގޮތުން އޮތީ ކޮންހައްލެއްކަން ބަޔާން ކުރެވޭނެއެވެ. އަދި މިފަދަ މައްސަލަތައް ދިމާވަނީ، އަދި މީގެކުރިންވެސް ދިމާވެފައިހުރީ ކޮންކަހަލަ ކަންތައްތަކަކާއި ގުޅިގެންކަން ތަފްޞީލުކޮށް ކަޔައިދެވޭނެއެވެ.

ފާހަގަކޮށްލަން ޖެހޭ އެންމެމުޙިންމުކަމަކީ މިޕްރޮގުރާމުގައި ކަމަކަށް ފާޑުކިޔޭނަމަ ކިޔޭނީ ، ޢިލްމީ ގޮތުން ކަމެވެ. އަދި ހަމައެހެންމެ މިޕްރޮގުރާމުގައި ކަމަކާމެދު ގޮތެއްކަނޑައަޅަނީ ނަމަ އެގޮތް ކަނޑައެޅޭނީ ދީނީ މަސްދަރުތަކުންނާއި ދުނިޔޭގެ ތާރީޚުން ސާފުވެގެންވާގޮތުގައި ޙުއްޖަތް ޤާއިމުކުރުމަށް ފަހުގައެވެ. މިހެންކަމުން މިޕްރޮގުރާމު ވެގެންދާނީ އެހުންތެރިންގެ މަޢުލޫމާތުގެ ޚަޒާނާ ބޮޑުވެގެންވާ މުއްސަނދި ކުރުމަކުން މުއްސަނދި ކުރާނެ ޕްރޮގުރާމަކަށެވެ.
މިޕްރޮގުރާމް ގެނެސްދިނުމަށް ހަމަޖެހިފައި ވަނީ ކޮންމެ އާދިއްތަ ދުވަހެއްގެ ހެނދުނު 9:00 ން 10:00 އަށެވެ. އަދި ޕްރޮގުރާމުގެ ރިޕީޓްއަންނާނީ ކޮންމެ އަންގާރަ ދުވަހެއްގެ ރޭ 11:00 ން 12:00 އަށެވެ.
މުޖުތަމަޢުގައި ވާނުވާނޭނގިފައި ނުހުންނަވާށެވެ. ތިޔަބޭހުޅުންގެ ދީނީ އަދި ދުނިޔަވީ މަޢުލޫމާތު މުއްސނދި ކުރައްވާށެވެ. މިއީތިޔަބޭފުޅުންގެ މިކަހަލަ ޕްރޮގުރާމުތަކުގެ އޯލް އިން ވަން އެވެ.