Friday 2 April 2010

ރާއްޖެއަށް މިހާރު ދަރުސް ދޭން ގޮސް އުޅޭ ސިލްމީގެ ކިބައިން ރައްކާތެރިވޭ!

ރާއްޖެއަށް މިހާރު ދަރުސް ދޭން ގޮސް އުޅޭ ސިލްމީގެ ކިބައިން ރައްކާތެރިވޭ!
 ޤާޞިދު


ރާއްޖެއަށް މިފަހުން ދަރުސް ދޭން ގޮސްމިއުޅޭ ސްރީލަންކާގެ ރައްޔިތެއްކަމަށްވާ ސިލްމީގެ ސަބަބުން ދީނީ ޚިޔާލު ތަފާތުވުންތަކެއް އުފެދެން ފަށާފައިވާކަމަށް ޚަބަރުތައް ލިބެމުން އެބަދެއެވެ. މިހެންކަމުން މީނާގެ ހަޤީގަތް ދިވެހި ރައްޔިތުންނަށް ހާމަ ކުރުމަކީ މުހިއްމުކަމަކަށް ވީހިނދު މިމަސަކަތް ފެށީއެވެ.

ސިލްމީ އާ ބެހޭގޮތުން މުޢުތަބަރުކޮށް އެނގިފައިވާ ގޮތުގައި އެނާ އަކީ އުމުރުން އަށް އަހަރުގައި އެނާގެ އާއިލާއާއެކު ސުޢޫދީ އަރަބިޔާއަށް ގޮސް، އެތަނުގައި އުޅެ ކޮންމެވެސް ވަރަކަށް ޢިލްމް އުނގެނިފައިވާ މީހެކެވެ. އަދި އެއަށްފަހު ސްރީލަންކާ އަށް ގޮސް ދީނީ ދަޢުވަތު ދިނިމުގެ މަސައްކަތް އޭނާ ފެށިއެވެ. އެނާ ބުނާ ގޮތުން ސުޢޫދީ ޢަރަބިޔާގައި އޭނާ ހުރިއިރު އެނާ ވަނީ ޝައިޚް ބިންބާޒްގެ އަރިހުންނާއި ޝައިޚް އަލްބާނީގެ އަރިހުންނާއި ޝައިޚް އުސައިމީންގެ އަރިހުން ޢިލްމު އުގެނިފައެވެ. ނަމަވެސް މިކަން ސާބިޔުކުރުމަށްޓަކައި އެއިން އެއްވެސްޢިލްމުވެރިއެއްގެ ތަޒްކިޔާއެއް ނުވަތަ ލިޔުމެއްވެސް އޭނާގެ އަތުގައި އޮތް ކަމަކަށް ނުވެއެވެ.
2007 ވަނަ އަހަރު އޭނާ މާލެ އަޔެވެ. އަދި ރާއްޖޭގެ ޢިލްމުވެރި ޝައިޚެއްކަމަށްވާ ޝައިޚް އަޙްމަދު ސަމީރުއާއި ދީނީ ކުދިން ކޮޅެއް އޭނާއާ ބައްދަލުކުރިއެވެ. މިކުދިން ރެކޯޑް ކޮށްފައިވާ މިބައްދަލްވުމުގެ ރެކޯޑިން އަޅުގަނޑުގެ ކަންފަތާ ހަމައަށްވެސް އައެވެ. ﷲ އަށް ޓަކައި ބުންމެވެ. އެރެކޯޑިން އަޑުއަހައިލި ކޮންމެ މީހަކަށް އޭނާގެ އަދަބެއް އަޚްލާގެއް ނެއްކަމާއި، އޭނާގެ ޢިލްމެއްވެސް ނެތްކަން އެނގޭނެއެވެ. އޭގައި އޭނާ ކިޔާފައިވާ ބައެއްއެއްޗެހީގެ ޚުލާސާ ތިރީގައި މިލިޔެލަނީ އެވެ.
ސިލްމީ ސާފް ޢިބާރާތުން ބުނެފައިވާގޮތުގައި ދިވެހިރާއްޖޭގައިވެސް އަދި މުޅި ސައުތު އޭޝިޔާގައިވެސް ސަލަފުއްޞާލިޙުންގެ މަންހަޖުގައިވާ އެއްވެސް ޢިލްމުވެރިއަކު ނެތެވެ. އަޅިގަނޑު ބޮޑުކޮށްގެން ކިޔަނިއްޔޭ ހީނުކުރާށެވެ. މިއީހަމަ އޭނާ އިނގިރޭސިން ބުނެފައިވާ ބަހުގެ ދިވެހި ތަރުޖަމާއެވެ. ދިވެހިރާއްޖޭގެ ގިނަ ޢިލްވެރިންނަކީ ކޮންކަހަލަ ބައެއްކަން ޕާސަނަލީގޮތުން ދަންނަ ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި ޚާއްޞަކޮށް ޖަމްޢިއްޔަތުއްސަލަފުގެ ރައީސް ޝައިޚް ޢަބްދުﷲ އަކީ ސަލަފުއްޞާލިޙުންގެ މަންހަޖުގައިވާ މީހެއްނޫންކަމަށް އޭނާ ބުނެފައިވެއެވެ. އަދި ރާއްޖޭގެ ޤަދަރުވެރި ޢިއްޒަތްތެރި ޢިލްމުވެރިންނަށް ކުޑައިމީސް ބަސް ބުނެފައިވެއެވެ.
އަދި މިވަރަކުން ނުފުދެއެވެ. އޭނާ ވަނީ ސުޢޫދީ ޢަރަބިއްޔާގެ،އަލްޢައްލާމާ ބަކުރު އަބޫ ޒައިދް ފަދަ ޢިލްމުވެރިން ބިދުޢަވެރިކޮށް، އެބޭފުޅުންނާދިމާލަށް އޭއީ މުޢުތަޒިލާއިންނޭ ކިޔާފައެވެ. އަދި ސުޢޫދީ ޢަރަބިއްޔާގެ އެންމެމަތީ ފަތުވާދޭ ކޮމެޓީގައިވެސް ބިދުޢަވެރިން އެބަތިބިކަމަށް މިރިކޯޑިންގައި އޭނާ ބުނެފައި ވެއެވެ.
މީނާއާ ބެހޭގޮތުން އިތުރަށް އެގުނު ގޮތުގައި މީނާއަކީ ލަންކާގައި ވަކިޖަމާޢަތެއް ހަދައިން، އެތާންގައި ނަމާދުކޮށް، ދަރުސްދީހަދާ މީހެކެވެ. މިހެން އަޅުގަނޑު މިބުނަނީ ސިދާ މީނާގެ މި 'ނަމާދު ގެއަށް' ދިޔަ ކުއްޖަކާ ހަވާލާދީ އެވެ. މީނާ ދަނީ ސްރީލަންކާގައި، މީނާގެ މި ޢިލްމުވެރިން ޖަރަހަކޮށް އެބޭފުޅުންނާ ދިމާއަށް އެއްޗިހިކަޔައި، އޭނާގެ ފިކުރާ ޚިލާފްވާ މީހުންނާ ގުޅުން ކެނޑުމުގެ މިނުބައި ފިކުރު ފަތުރަމުންނެވެ.
ރާއްޖެއަށް ސިލްމީ މިކުރި ދަތުރަކީ ޝައްކެއްނެތް ގޮތުގައި މީނާގެ މިނުބައި ފިކުރު ފެތުރުމަށް ޓަކައި ކުރި ދަތުރެކެވެ. އަދި ހިތާމަޔާއެކު ފާހަގަ ކުރަންޖެހެނީ މީނާއަށް މިކަމުގައި އެހީތެރިވެދީފައިވަނީ މީނާގެ މިފިކުރަށް ތަބަޢަވާ ރާއްޖޭގެ ބައެކެވެ.
ސިލްމީއާއި އޭނާ އަށް ތާޢީދު މީހުންގެ ފިކުރު ކުރުގޮތަކަށް :
މިމީހުންގެ ފިކުރު ދިރާސާ ކޮށްލައިފި މީހަކަށް އެނގިގެންދާނެ އެންމެ ބޮޑު އެއްކަމަކީ، މިމީހުންނަކީ ޢިލްމެއް ނުލިބިތިބެ ޢިލްމުވެރިންނަށް އެއްޗިހިކަޔައި، އެބޭކަލުންގެ ކުށެއް ނުފެނިގެން އެބޭކަލުންގެ ފަހަތުން މުގޯލިއަޅަމުން ދުވާ ބައެއްކަމެވެ. ޢިލްމުވެރިއެއްގެ ކިބައިން ހަމަކިރިޔާ ކުށެއްފެންނަ އިރަށް، ބޮޑެތި ޢިލްމުވެރިން، ބޮޑެތި ބިދުޢަ ހަދާ މީހުންގެ މައްޗަށް (މިސާލަކަށް: ރާފިޟީން، މުޢުތަޒިލާއިން، ހިޒްބީން ނަށް) ދީފައިވާ ފަތުވާތައް ނަގައި، އެ ޢިލްމުވެރިންގެ މައްޗަށް ޖަހައެވެ. އަދި އެޢިލްމްވެރިންނަށް ތާޢީދު ކުރާ މީހުންނާ މިބައިމީހުން ގުޅުން ކަނޑާލައެވެ. މިހާތަނަށް މިބައިމީހުން ޖަރަހަކޮށް ބިދުޢަވެރިކޮށްފައިވާ ޢިލްމުވެރިންގެ ތެރޭގައި، ޑރ. ޒާކިރް ނައިކް، ޑރ. ބިލާލް ފިލިޕްސް، އަލްޢައްލާމާ ބަކުރު އަބޫޒައިދް އަދި މިނޫނަސް ބޮޑެތި، އަދި އިސްލާމްދީނަށް އެތައް ޚިދިމަތެއް ކޮށްދީފައިވާ ޢިލްމުވެރިން ހިމެނެއެވެ. والله اعلم
ވީމާ އެންމެހައި ލޮބްވެތި ދިވެހިރައްޔިތުންނަށް އަޅުގަނޑު މިގޮވާލަނީ މީނާގެ ފިތުންއިން ސަލާމަތް ވުމަށެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. إِنَّ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا لَسْتَ مِنْهُمْ فِي شَيْءٍ إِنَّمَا أَمْرُهُمْ إِلَى اللَّهِ ثُمَّ يُنَبِّئُهُمْ بِمَا كَانُوا يَفْعَلُونَ. މާނައީ: ހަކަށަވަރުން އެއުރެންގެ ދީން ބައިބައިކޮށް، ބައިތަކެއްކަމުގައިވީ މީހުންގެތެރެއިން، އެއްވެސް ކަމެއްގައި، ކަލޭގެފާނު ނުވަމުއެވެ. އެއުރެންގެ ކަންތައް އޮންނާނެކަން ކަށަވަރީ ﷲގެ ޙަޟްރަތަށެވެ. ދެން އެއުރެން ކޮށްއުޅުނު ކަންތަކުގެ ވާހަކައިން އެކަނލާންގެ އެއުރެންނަށް ޚަބަރު އަންގަވާނެތެވެ. (ސޫރަތުލް އަންޢާމް: 159)
އަދި ހަމަ މިނޭވައިގައި، ދިވެހިރާއްޖޭގެ އިސްލާމިކް އެފެއާޒްގެ މިނިސްޓަރ ޑރ. ޢަބްދުލް މަޖީދް ޢަބްދުލް ބާރީ އާއި އެމިނިސްޓްރިގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު، ރާއްޖޭގައި ނެތް ވަޤުތެއްގައި މިފަދަމީހަކަށް ރާއްޖެއައިސް ދަރުސްދޭން ހުއްދަލިބުނީ ނިހިނެއްތޯ، މިއީ ސުވާލު އުފެދޭ ކަމެކެވެ. މިކަންތައްކުރީ ކޮންމެ ބައެއްކަމުގައި ވިޔަސް އަހުރެން އެބައެއްގެ އެޢަމަލު އެންމެ ހަރުކަށި ޢިބާތުން ކުއްވެރި ކުރަމެވެ.
އަދި ދިވެހިރައްޔިތުންނަށް އިލްތިމާސް ކުރަން ބޭނުންވަނީ، އަހުރެން މިދެއްކި ވާހަކަތައް ޤަބޫލުނުކުރެވޭނަމަ، ރާއްޖޭގައިތިބި އޭނަ ދަންނަ ޝައިޚުންގާތުން އޭނާއަކީ ކޮންކަހަލަ މީހެއްތޯ އަހައި އޮޅުންފިލުވައި، ވީހާވެސް އަވަހަކަށް އޭނާ މި ދިވެހިފަސް ގަނޑުން ބޭރުކުރުކޮށް ފައްސާލުމަށެވެ.