Wednesday 24 February 2010

ރާ ހުއްދަ ކުރާ މީހުންނަށް އިންޒާރުކުރަމެވެ. އެނޫން މީހުންނަށް ނަސޭހަތްތެރިވަމެވެ.
 ޤާސިދް


فَكَأَيِّنْ مِنْ قَرْيَةٍ أَهْلَكْنَاهَا وَهِيَ ظَالِمَةٌ فَهِيَ خَاوِيَةٌ عَلَى عُرُوشِهَا وَبِئْرٍ مُعَطَّلَةٍ وَقَصْرٍ مَشِيدٍ (45) أَفَلَمْ يَسِيرُوا فِي الْأَرْضِ فَتَكُونَ لَهُمْ قُلُوبٌ يَعْقِلُونَ بِهَا أَوْ آَذَانٌ يَسْمَعُونَ بِهَا فَإِنَّهَا لَا تَعْمَى الْأَبْصَارُ وَلَكِنْ تَعْمَى الْقُلُوبُ الَّتِي فِي الصُّدُورِ (46)
"އެރަށްތަކުގެ އަހްލުވެރިން އަނިޔާވެރިވީ ހިނދު، ތިމަންރަސްކަލާންގެ ހަލާކު ކުރެއްވީ ކިތައްކިތައް ރަށް ހެއްޔެވެ؟ ފަހެ އެރަށްރަށް ވަނީ ފުރާޅުތަކާއި، ޢިމާރާތްތަކާއި، ވެއްޓި ފުޑުފުޑު ވެފައެވެ. އަދި (އެރަށްރަށުގައި ވަނީ) ފަޅުވެފައިވާ ކިތައްކިތަށް ވަޅާއި، އުސްކޮށް ބިނާކޮށްފައިވާ ކިތައްކިތަށް ގަނޑުވަރު ހެއްޔެވެ؟"
"ފަހެ އެއުރެން ބިމުގައި ދަތުރުފަތުރުކޮށް ނޫޅެނީހެއްޔެވެ؟ އެހެން ނަމަ އެއުރެން އެއިން ވިސްނައިހަދާނޭ ހިތްތަކެއް އެއުރެންނަށް ވީހެވެ. ނުވަތަ އެއިން އަޑުއަހާނޭ ކަންފަތްތަކެއް (އެއުރެންނަށް) ވީހެވެ. އެހެނީ ހަމަކަށަވަރުން ލޯތައް ކަނުވަނީ އަކީނޫނެވެ. އަދިކީއްހެއްޔެވެ؟ ކަނުވަނީ މޭގައިވާ ހިތްތަކެވެ."


އެންމެ ފުރަތަމަވެސް، ދިވެހިސަރުކާރުގެ މިކަމުގައި ޒިންމާވާއެންމެހައި ފަރާތްތަކާއި، ރައީސުލްޖުމުހޫރިއްޔާ މުޙައްމަދު ނަޝީދާއި، އިކޮނޮމިކްސް މިނިސްޓްރީ އާއި، އިކޮނޮމިކްސް މިނިސްޓަރގެ މިޢަމަލު، ދިވެހިދަރިއެއްގެ ހައިސިއްޔަތުން އަދި މުސްލިމެއްގެ ހައިސިއްޔަތުން ކުރެވެން އޮތް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. އެއަށްފަހު ބުނަމެވެ. ފަހެ ތިޔަބޭފުޅުން ބޭނުން ފުޅުވެގެން ތިޔައުޅުއްވަނީ އެހެންވެސް ތިޔަފަދަ ނުބައި ނުލަފާ މުންކަރާތްތައް ކުރަމުން އައި މީހުންނަށް ޙައްޤުވިފަދަ ޢަޒާބު ޙައްޤުވޭތޯ ހެއްޔެވެ؟ ނުވަތަ އިސްލާމްދީން މިބިންމަތިން ފޮހެލަން ހެއްޔެވެ؟
ބޭނުންވެލައްވަނީ ފުރަތަމަގޮތް ނަމަ ﷲގެމި ވަޙީ ބަސްފުޅު އަޑު އަހާށެވެ.
وَكَانَ فِي الْمَدِينَةِ تِسْعَةُ رَهْطٍ يُفْسِدُونَ فِي الْأَرْضِ وَلَا يُصْلِحُونَ
"އަދި އެރަށުގައި ނުވަ މީހަކު އުޅުނެވެ. އެއުރެން ބިމުގައި ފަސާދައުފައްދަމުން ގެންދެއެވެ. އެއުރެން (އެއްވެސް ކަމެއް) އިސްލާހެއް ނުކުރެއެވެ."(ނަމްލް ސޫރަތުގެ 48) ﷲ ސުބްޙާނަހޫ ވަތަޢާލާ އެއުރެންގެ އާޚިރު ނަތީޖާ ބަޔާން ކުރެއްވީ މިފަދައިންނެވެ.
فَانْظُرْ كَيْفَ كَانَ عَاقِبَةُ مَكْرِهِمْ أَنَّا دَمَّرْنَاهُمْ وَقَوْمَهُمْ أَجْمَعِينَ
"ފަހެ އެއުރެންގެ މަކަރުވެރި ރޭވުމެގެ ނިމުންވަނީ ކޮންފަދައަކުން ކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ. ހަމަކަށަވަރުން ތިމަން އިލާހް އެއުރެންނާއި އެއުރެންގެ ޤައުމުގެ އެންމެން ހަލާކުކޮށް ނެތިނޮއްލެއްވީމެވެ." (ނަމްލް ސޫރަތުގެ 51) ނުވަތަ ތިޔަ ކުރުއްވަން އުޅުއްވަނީ ދެވަނަ ކަންތައްނަމަ ބުނަމެވެ. މިދީންނެތިކޮށް ހަލާކުކޮށްލަން އުޅޭ ކޮންމެ މީހަކު ހަލާކުވެ ނެތިގެންދާނެއެވެ. އަދި މިދީން ދެމި އޮންނާނެއެވެ.
އެހެނީ ﷲ ތަޢާލާގެ ވަޙީބަސްފުޅު ގައި ވަނީ މިފަދައިންނެވެ.
يُرِيدُونَ لِيُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَاللَّهُ مُتِمُّ نُورِهِ وَلَوْ كَرِهَ الْكَافِرُونَ
"އެއުރެން އެދެނީ އެއުރެންގެ އަނގަތަކުން ފުމެ ﷲގެ ނޫރުފުޅު(އެބަހީ: އިސްލާމް ދީން) ނިއްވާލުމަށެވެ. އަދި ﷲ އެއިލާހްގެ ނޫރުފުޅު ފުރިހަމަ ކުރައްވާނެތެވެ. އެއީ ކާފިރުން ނުރުހުނު ކަމުގައި ވިޔަސްވެހެވެ." (ޞައްފް ސޫރަތުގެ 8)
އޭ ޢިއްޒަތަތެރި ވެރިޔާއެވެ! މިދިވެހި ދީބުން ޑްރަގުގެ ވަބާ ނައްތާލުމަށްޓަކައި ކުރެވެންހުރި ހުރިހައި މަސައްކަތެއް ކުރައްވާނެކަމުގައި ތިބޭފުޅާ ވަޢުދުވެވަޑައިގަތީމުނޫންތޯއެވެ؟ އެހެންނަމަ އެވަޢުދާއި މެދު ﷲ އަށް ބުރުވެތިވެލައްވާށެވެ.
وَأَوْفُوا بِالْعَهْدِ إِنَّ الْعَهْدَ كَانَ مَسْئُولًا
" އަދި ތިޔަބައިމީހުން ޢަހްދު ފުއްދާށެވެ. ހަމަކަށަވަރުން ޢަހްދަކީ އެއާއި މެދު ސުވާލު ކުރެވޭނޭ ކަމެއްކަމުގައި ވެއެވެ." (އިސްރާ ސޫރަތުގެ 34) އަދިހަމަ ތިޔަބޭފުޅާ ވިދާޅުވީމުނޫންތޯއެވެ. "ތިޔަބޭފުޅުން އަޅުގަނޑަށް ދެއްވާ ވޯޓާކީ ހަމަ ތިޔަބޭފުޅުން ނަށް ދެއްވާ ވޯޓެކެވެ." ލޮބްވެތި ރައީސެވެ! ދެނެވަޑާއިގަންނަވާށެވެ. ދިވެހި ރައްޔިތުން ވޯޓް ދެއްވީ މަނިކުފާނު ވެރިކަމަށް އިސްވެވަޑާއިގެން އެންމެ ދޮޅު އަހަރުވެސް ނުވެ އުޅޭނީސް މިފަދަ ވިޔާނުދާ ކަމެއްލުރެއްވުމަކަށް ނޫނެވެ. އަދި މިކަމާއިގެން މަނިކުފާނު ކުރިއަށް ވަޑައިގަންނަވަން އުޅުއްވާކަމުގައިވާނަމަ، މިކަމުގައި އުޅޭ އެންމެން ދަންނާށެވެ. ތަންތާ ތިބޭ ބުރާންތިން ﷲގެ އާޔަތްތައް މަލާމާތެއް ކަމުގައި ނެގިޔަސް، ދިވެހި ރައްޔިތުންގެ ގިނަމީހުން ގެ ހިތް ތަކުން އަދިޔަކު އީމާންކަމުގެ ހުޅުކޮޅެއް ނުނިވެއެވެ. ﷲ އިރާދަކުރެއްވިއްޔާ، މި މާތް ދީނުގެ ޙައްޤުގައި ތެދުވަން ޖެހޭ ކޮންމެފަހަރަކު އެމީހުން ތެދުވާނެއެވެ. އަދި މި ދީނާ ދެކޮޅަށް ބަޣާވާތްކުރާ ކޮންމެ ނުލަފާ ޖައްބާރެއް ބަލިކުރާނެއެވެ. އެހެނީ އިސްލާމްދީނަކީ ދިވެހިންގެ ދީނެވެ. އަދި އެދީނުގެ ދުސްމަނުންނަކީ އެމީހުންގެ ދުސްމަނުންނެވެ. ޙާޤީޤީ ދިވެހި ދަރިންނަކީ އެބައިމީހުންނެވެ.
ދެންފަހެ، މިކަމާ ގުޅިގެން އަޅުގަނޑުމެންގެ 'ޢިއްޒަތްތެރި' ފޮރިންމިނިސްޓަރު އެވިދާޅުވާ އެއްޗަކާ މެދު އަޅުގަނޑު ހަމަ ހައިރާން ވެއެވެ. ރާއްޖޭގެ ރައްތަކުގައި ރާވިއްކުމުގެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް ފަހުގައި އެހެރަ ވިދާޅުވަނީ އެވެ. "ދިވެހިރާއްޖެއިން ޑުރަގުގެ ވަބާ ނައްތާލާނެކަމުގެ ފުރިހަމަ ޔަޤީކަން އަރުވަމެވެ." ބައްލަވާ މިހާރު ތިޔަ ދައްކަވަނީ މޮޔައިންވެސް ނުދައްކާފަދަ، ހޭނުޖެހޭ ވާހަކައެވެ.
ދެން އެބުނަނީ، "މިކަމަށްޓަކައި ހުންނާނީ ޤާނޫނުތަކާއި ޤަވާއިދު ތަކެއް ހެދިފައޭ، މިއުޅެނީކީ ހަމަ ކޮންމެ ކޮންމެ މިހަކަށް ރާ ދޭކަށް ނޫނޭއެވެ."
އޭ މިތިބަ ކޮހުންތަކާއެވެ. ޒިނޭކުރާހިތުން ހޭކެނޑިފައި ހުރި މީހެއްގެ ކުރިމަތީ އަންހެނަކު ބަރަހަނާކޮށް ބަހަށްޓާފައި ކަލޭ މީނަޔާ ޒިނޭކޮށްގެން ނުވާނޭ ބުންޏަސް އެ ސޮރު އެކަން ނުކޮށް ހުންނާނެހެއްޔެވެ؟ ހަމައެގޮތަށް ރާބޯ ހިތުން ކެތްނުވެގެން ތެޅެފޮޅެމުންދާ ސޮރެއްގެ އަނގަޔަށް ރާ އެޅުމަށްފަހު، ކަލޭ ތި ބޮއިގެންނުވާނެޔޭ ތިކަމަށް ޤަވާއިދު ތަކެއް ހެދިފައި ހުންނާނެއޭ ބުނީމަ، އެސޮރު އެނުބޮއި ހުންނާނެހެއްޔެވެ؟
މިއަށްފަހު ބުނަމެވެ. އޭ ޢިޒަތްތެރި މިނިސްޓަރެވެ. އޭ ލޮބްވެތި ރައީސެވެ. އޭސަރުކާރުގެ ކަމާބެހޭ ވެރިންނެވެ. ތިޔަބޭފުޅުން ފަހެ ﷲގެ ޢަޒާބަށް ބިރުވެތިވެލައްވާށެވެ. މިފަދަ ކަންކަމުން ފައިސާ ނުހޯއްދެވިއެއްކަމަކު ދިވެހީން ތިބޭނީ ބަނޑު ފުރާނަ މުއްތިކޮށްގެންނެވެ.
އެހެނީ ﷲ ވަޙިކުރެއްވިއެވެ.

وَلَوْ أَنَّ أَهْلَ الْقُرَى آَمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِمْ بَرَكَاتٍ مِنَ السَّمَاءِ وَالْأَرْضِ
"އަދި ރަށްތަކުގެ އަހުލުވެރިން އީމާންވެ ތަޤްވާވެރިވިނަމަ، އުޑުންނާއި ބުމުން ތިމަން އިލާހް އެބައިމީހުންނަށްޓަކައި ބަރަކާތުގެ މަގުތައް ހުޅުއްވައި ދެއްވާނަމެވެ." (އަޢުރާފް ސޫރަތުގެ 96).
އޭ އަޅުގަނޑުމެންގެ ވެރީންނެވެ. ތިޔައިގެތެރެއިން ބޭފުޅެއްގެ ދަރިޔަކު ރާބޮއި އަމަލުވެގެންވާހާލު ގެއަށްއައިސް، އޭނާގެ ދައްތަ އަކާއި ނުވަތަ އޭނާގެ ކޮށްކޮ އަކާއި ނުވަތަ އޭނާގެ މަންމަ އާއި ބަދުއަޚްލާޤީ ޢަމަލެއް ހިންގަން ފަހެ ތިޔަބޭކަލުން އެދޭނަން ހެއްޔެވެ؟ ހަމަ ޔަޤީނުންވެސް ނޭދޭނެއެވެ. އެހެންކަމަށްވާނަމަ އެހެންމީހުންގެ ދަރީންނަށް އެދޮރު ތިޔަ ހުޅުއްވައިދެއްވަނީ ކީއްވެ ތޯ އެވެ...؟
މިއަށް ފަހު ދިވެހި ޢާއްމު ރައްޔތިތުންނަށް ގޮވައިލަމެވެ. އޭ ދިވެހި އަޚުންނާއި އުޚުތުންނެވެ. މީ ބޮޑުވެގެންވާ މުންކަރާތެކެވެ. ވީމާ މިމުންކަރާތް ނަހީކުރުމަށްޓަކައި ދީނުގެ ހުދޫދުގެތެރޭގައި ތިއްބަވައިގެން ނުކުމެ ލައްވާށެވެ. އަދި މިމުންކަރާތް ނަހީ ނުކޮށްފިނަމަ ﷲގެ ޙަޟްރަރތުން އައިސްދާނެ ކޯފާއަކަށް ބިރުވެތިވެލައްވާށެވެ. އެ އިލާހް ވަޙީ ކުރެއްވިއެވެ. "އިސްރާޢީލުގެ ދަރިންގެ ތެރެއިން ކާފިރުވީ މީހުންނަށް، ދާވޫދުގެފާނާއި މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނުގެ ދޫފުޅުމަތިން ލަޢުނަށް ލައްވާފައިވެއެވެ. އެއީ އެއުރެން އުރެދުނު ކަމަށްޓަކައެވެ. އަދި އުރެދުމެގައި ހައްދުފަހަނައަޅައި ދާކަމުގައި އެއުރެންވީކަމަށް ޓަކައެވެ.
لُعِنَ الَّذِينَ كَفَرُوا مِنْ بَنِي إِسْرَائِيلَ عَلَى لِسَانِ دَاوُودَ وَعِيسَى ابْنِ مَرْيَمَ ذَلِكَ بِمَا عَصَوْا وَكَانُوا يَعْتَدُونَ (78) كَانُوا لَا يَتَنَاهَوْنَ عَنْ مُنْكَرٍ فَعَلُوهُ لَبِئْسَ مَا كَانُوا يَفْعَلُونَ (79)
" "އެއުރެން ކުޅަނުބައިކަންތައް، އެބަޔަކު އަނެއްބަޔަކަށް ނަހީ ކޮށެއްނޫޅެތެވެ. އެއުރެން ކޮށްއުޅުނުކަންތަކުގެ ނުބައިކަމާއެވެ." (މާއިދާ ސޫރަތުގެ 78- 79). ވީމާ އޭލޮބުވެތި ދިވެހީންނެވެ! ﷲގެ ޢަޒާބުން ސަލާމަތްވެވޭތޯ މަސައްކަތް ކުރައްވާށެވެ. އަދި ތިޔަބޭފުޅުންގެ ދަރިންނާއި މުޅި ޢާއިލާ މިނުބައި ވަބާއިން ސަލާމަތް ކުރެވޭތޯ މަސައްކަތްކުރައްވާށެވެ.
ﷲ ވަޙީ ކުރެއްވިއެވެ.
يَا أَيُّهَا الَّذِينَ آَمَنُوا قُوا أَنْفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ
"އޭއީމަންވި މީހުންނޭވެ. ތިޔަބައިމީހުންގެ އަމިއްލަނަފުސް ތަކާއި ތިޔަބައިމީހުންގެ އަހްލުވެރިން ނަރަކައިން ސަލާމަތްކުރާށެވެ. އެނަރަކައިގެ ދަރަކީ މީހުންނާއި ހިލައެވެ. އެނަރަކައިގެ މައްޗަށް (ބަނޑޭރީން) ކަމުގައި ހަރުކަށި އަދި ގަދަފަދަ މަލާއިކަތުން ވެއެވެ. ﷲ އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭތެވެ. އަދި އެބޭކަލުންނަށް އަމުރުކުރައްވާ ކަންތައް އެބޭކަލުން ކުރައްވާނެތެވެ." (ތަހްރީމް ސޫރަތުގެ 6)
ދިވެހި ރައްޔިތުންނޭވެ! ދިވެހިންނަކީ ﷲގެ އާޔަތްތަކަށް ފުރައްސާރަކުރަމުންދާއިރު، އެއިލާހުގެ ދީނުގެ ހުދޫދުތަކަށް ތަނެއްދޮރެއް ބެލުމެއްނެތި އަރައިގަންނަމުންދާއިރު މަޑުމަޑުން ހަމަޖެހިލައިގެން ބަލަން ތިބޭ ބައެއްނޫނެވެ. އަޅުގަނޑުމެންގެ ލޮބުވެތި ކާބަފައިން އަޅުގަނޑުމެންނަށް ދެއްކެވީ އެނަމޫނާ އެވެ. ވީމާ ފަސްޖެހިވަޑައިނުގެން ކެރިގެން ތެދުވެވަޑައިގަންނަވާށެވެ. ދީނުއެ ޙުދޫދުގެ ތެރޭގައި ތިބެއެވެ....